ބީއެމްއެލް އެޕުން ކިއުއާރް ކޯޑު މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ލިމިޓުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެޕްލިކޭޝަނުން ކިއުއާރު ކޯޑު މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ލިމިޓުކޮށްފި އެވެ. މިބަދަލު ގެނެސްފައި މިވަނީ ބޭރުގެ މާޗަންޓުންތަކެއްގެ ފަރާތުން ބީއެމްއެލް ކަސްޓަމަ...

21 Feb 2023 | 07:07

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެޕްލިކޭޝަނުން ކިއުއާރު ކޯޑު މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ލިމިޓުކޮށްފި އެވެ.

މިބަދަލު ގެނެސްފައި މިވަނީ ބޭރުގެ މާޗަންޓުންތަކެއްގެ ފަރާތުން ބީއެމްއެލް ކަސްޓަމަރުންތަކެއްގެ ކާޑުތަކުގެ މައުލޫމާތު ހާމަވެ، ކާޑުތަކުން މުއާމަލާތްތަކެއް ހިނގާފައިވާ ކަން ހާމަވެފައި ވަނިކޮށެވެ. ބީއެމްއެލްއިން ބުނީ އެ ފަދަ ކަސްޓަމަރުންނަށް ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ރީފަންޑް ލިބޭނެ ކަމަށެވެ.

މިއަދު ބީއެމްއެލްއިން ބުނީ މޮބައިލް ވޮލެޓު މެދުވެރިކޮށް ކިއުއާރު ކޯޑު ބޭނުން ކޮށްގެން ކުރެވޭ މުއާމަލާތްތައް ލިމިޓު ކުރީ މިއަދުން ފެށިގެން ކަމަށެވެ.

މިއަދުން ފެށިގެން ކިއު އާރު ކޯޓު ބޭނުން ކޮށްގެން ކުރެވޭ އެންމެ މަތީ މުއާމަލާތަކީ750 ރުފިޔާއެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ކޮންމެ ދުވަހަކު ކުރެވޭނީ10 މުއާމަލާތް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

https://twitter.com/bankofmaldives/status/1627901756607991808

ބީއެމެލްއިން ބުނީ މި ލިމިޓަށްވުރެ އިތުރަށް ބޭނުންވާ ކަސްޓަމަރުންނަށް ކާޑު ބޭނުން ކޮށްގެން މުއާމަލާތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް