ފަނޑިޔާރުންނަށް ތައުލީމާއި ތަމްރީން ހޯދުމަށް ފުރުސަތު ދިނުމަށް އުސޫލެއް އެކުލަވާލަނީ

ފަނޑިޔާރުންގެ ތެރެއިން ދިގު މުއްދަތުގެ ތައުލީމާއި ތަމްރީން ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ޖުުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފަށައިފި އެވެ. ޖޭއެ...

21 Feb 2023 | 06:32

ފަނޑިޔާރުންގެ ތެރެއިން ދިގު މުއްދަތުގެ ތައުލީމާއި ތަމްރީން ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ޖުުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފަށައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ދިގު މުއްދަތުގެ ތަމްރީންތަކަށް ފަނޑިޔާރުން ވީއްލުމުގައި މިހާތަނަށް ޢަމަލުކުރާނެ ވަކި އުޞޫލެއް އެކުލަވާލެވިފައި ނެތް ކަމަށެވެ.

އެ ކޮމިޝަނުން ދެކޭގޮތުގައި ފަނޑިޔާރުންގެ ޤާބިލްކަން އިތުރުކުރުމަކީ މުހިންމުކަމެއް ކަމަށް ބުންޏެވެ. އަދި މިފަދަ ފުރުސަތުގައި ވީއްލާއިރު މުސާރައާއި ޢިނާޔަތްތައް ހަމަޖެހިގެންދާނެ އުޞޫލެއް އޮތުން މުހިންމުވާތީ އެފަދަ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މިގޮތަށް ނިންމީ، ފަނޑިޔާރުކަމަށް އައްޔަނުވުމަށްފަހު ދިގުމުއްދަތުގެ ތަމްރީން ފުރުސަތުގައި ފަނޑިޔާރުން ބައިވެރިވުމަށް ހުރަސްތަކެއް ހުރުމުން، އެކަމަށް ރިއާޔަތްކޮށެވެ. މި ބަދަލު ގެނައުމުން ފަނޑިޔާރުންނަށް އިތުރަށް ތައުލީމު އުނގެނުމަށް ހިތްވަރު ލިބި، މިދާއިރާގެ ހުނަރާއި، ޤާބިލްކަން އިތުރު ކުރުމަށް ހިތްވަރުދީ ބާރު އެޅޭނެ އެވެ.

ޖޭއެސްސީން ބުނީ މިއުސޫލު އެކުލަވާލަން ނިންމާފައިވަނީ، މިފަދަ ފުރުސަތުތަކުގައި ބައިވެރިވެވަޑައިގަތުމައްޓަކައި ފަނޑިޔާރުން، ފަނޑިޔާރުކަމުން ދުރުވެ ވަޑައިގަންނަން ނުޖެހޭނެފަދަ ގޮތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް