އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އަނެއްކާވެސް ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުން އެބަދެ އެވެ.
އިދިކޮޅު ޕީޕީއެމްއިން ބުނީ އެ މުޒާހަރާއަށް ކިޔަނީ "ތިޔަހެން ނުވިއްކޭނެ" ކަމަށެވެ. މި މުޒާހަރާއަކީ ބޭރުގެ ފަރާތްތަކަށް ތިލަފުށިން 99 އަހަރަށް ބިން ވިއްކުމާއި ދެކޮޅަށް ބާއްވާ އެއްވުމެކެވެ.
މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ 3:45 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.
ތިލަފުށިން ސިނާއީ ބޭނުމަށް ބޭރު މީހުންނަށް 99 އަހަރަށް ބިން ވިއްކަން ހުޅުވާލި މައްސަލައިގަ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންވެސް ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ހިތްހަމަ ނުޖެހުން ތަކާއި ގުޅިގެން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ބިދޭސީންނަށް ވިއްކާނީ ހުޅުވާލާފައިވާ ބިންތަކުގެ އެއް ޕަސެންޓު ކަމަށެވެ.
އެޗްޑީސީން ހުޅުވާލާފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހިން 50 ބިން ވިއްކާށެވެ. އެޗްޑީސީން ބުނީ މިހާރު ކަނޑައަޅާފައިވާ މިންވަރުން ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރެވިފައިވާ ވިޔަފާރިތައް ކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަސައްކަތްތަކަށް ބޭރުގެ ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް