އިންޑިއާ އާއި ނޭޕާލުގެ ގުޅުން އިތުރަށް ވަރުގަދަކޮށްފި

ފެބްރުއަރީ 13 އާއި 14 އިން ފެށިގެން އިންޑީއާގެ ފޮރިން ސެކްރެޓަރީ ވިނާއީ ކުވަޓްރާ ނޭޕާލަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބޮޑު ކުރިއެރުމެއް ކަމަށް ލޯކަލް މީޑިއާ ރިޕޯޓްތައް ބުނެފިއެ...

21 Feb 2023 | 05:35

ފެބްރުއަރީ 13 އާއި 14 އިން ފެށިގެން އިންޑީއާގެ ފޮރިން ސެކްރެޓަރީ ވިނާއީ ކުވަޓްރާ ނޭޕާލަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބޮޑު ކުރިއެރުމެއް ކަމަށް ލޯކަލް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ދަތުރުގެ ތެރެއިން ނިމިގެންދިޔަ އެކި ކަންކަމުގެ ސަބަބުން ދެ ޤައުމުގެ މެދުގަވާ ގާތް ދޭދޭ ގުޅުން އިތުރަށް ވަނީ ހާމަވެގެން ގޮސްފައެވެ.

މި ދަތުރު މުހިންމު ވެގެން ދިޔައީ ނޭޕާލުގައި އާ ސިޔާސީ ޑިސްޕެންޝަންގެ އިސްވެރިއަކަށް ހުންނެވި، އަދި ދާދި ފަހުން ނިމުނު އިންތިޚާބަށް ކާމިޔާބު ކުރެއްވި ޕުޝްޕާ ކަމާލް ދަހަލް 'ޕްރަޗަންޑާ' މި ދަތުރުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީއެވެ.

މި ދަތުރުފުޅަކީ ނޭޕާލްގެ ދައުވަތަކަށް ކުރި ދަތުރެއް ކަމަށާއި، މިއީ ޕްރަޗަންޑާ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިމަގެވެ. ކުރިއަށް އޮތް މަހު ޕްރަޗަންޑާ ކުރައްވަން ރާވާފައިވާ ފުރަތަމަ ބޭރުގެ ދަތުރުފުޅަކީ އިންޑިއާއަށް ކުރައްވާނެ ދަތުރުފުޅެއްކަން ވަނީ ކަށަވަރު ކޮށްފައެވެ. މި ނިންމެވުމުގެ ސަބަބުންވެސް ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން ގޮސްފައިވާ މިންވަރު ދޭހަވެގެންދެއެވެ.

މީގެކުރިން ޕްރިމިއާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޕްރަޗަންޑާ ވަނީ އޭނާގެ އޮފިޝަލް ފުރަތަމަ ދަތުރުކުރައްވާނީ ޗައިނާއަށް ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު މި ނިންމެވުން ވަނީ ބަދަލްކޮށް، ފުރަތަމަ ދަތުރު އިންޑިއާއަށް ކުރައްވަން މި ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ކުވާޓްރާއަށް އޯޑިއެންސެއް ދެއްވީ ރައީސް ބިދްޔާ ދޭވީ ބަންޑާރީ އާއި ބޮޑުވަޒީރު ޕްރަޗަންޑާ އާއި ފޮރިން މިނިސްޓަރު ބިމާލާ ރައި ޕައުޑިއަލް އެވެ. މިކަމުން ދައްކުވައިދެނީ ނޭޕާލް ސަރުކާރުން އިންޑިއާގެ މަންދޫބަށް މަތީ ފެންވަރުގެ ޝަރަފެއްދެއްވިކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް