ތާލިބާނުން އަފްޣާނިސްތާނުގެ ގާނޫނު އަސާސީ އުވާލައި، ގާނޫނީ ގަވާއިދުގެ ބަދަލުގައި އިސްލާމީ ގާނޫނުގެ މައްޗަށް ގަވާއިދުތަކެއް ބިނާކޮށް ގައުމުގެ އަދުލު އިންސާފުގެ ނިޒާމު ބަދަލުކޮށްލައިފިއެވެ.
އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން ނެގުމަށްފަހު ޤައުމުގައި މުޅިން އިސްލާމީ މުޖުތަމައެއް ބިނާކުރުމަށް ކަމަށް ބުނެ އެގައުމުގެ މަދަނީ ގާނޫނުތަކާއި މުއައްސަސާތައް ނައްތާލުމުގެ މަގުސަދުގައި "ޕިއުރިފިކޭޝަން" ގެ ނަމުގައި ވަނީ ކެމްޕޭނެއް ފަށާފައެވެ.
މި ކެމްޕެއިންގެ ދަށުން ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި ޤައުމުގައި ގިނަ ކަންތައްތަކެއް ކޮށްފައިވެއެވެ. ކޯޓުތަކާއި، ސަރުކާރު އިދާރާތަށް ތާލިބާނުން ދަނީ މި ކެމްޕެއިންގެ އެކި ބައިތަށް ތަންފީޒުކުރުމަށް ބަދަލްކުރަމުންނެވެ.
މި އައު ކެމްޕެއިންގެ ދަށުން އެކި މީހުންނާމެދު ތާލިބާނުން ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި އެޖަމައަތުން ވަނީ ފުރިފައިވާ ޖަލުތައް ފުރާލާ، އަންހެނުންނާއި ފިރިހެނުންނަށް އަސާސީ މަދަނީ ހައްގުތަކުން މަހުރޫމްކޮށް، އެންމެ ނާޒުކު އަފްޣާން މީހުން ހިމާޔަތް ކުރުމަށް ބޭނުންކުރާ އިޖުތިމާއީ ރައްކާތެރިކަމުގެ މިންގަނޑުތައް އުވާލާފައެވެ.
އަދި އެޖަމައަތުން ދަނީ ޤައުމުގެ މީޑިއާ ބަދަލުކޮށް، އެޖަމައަތުގެ ތަސައްވުރު ކުރިއެރުވުމަށް މީޑިއާތައް ބޭނުންކޮށް، މިއުޒިކާއި އަންހެނުން ހިމެނޭ ގޮތަށް އިސްލާމްދީނާ ހިލާފު ކަމަށް އެޖަމައަތުން ޤަބޫލުކުރާ ކޮންޓެންޓް މީޑީއާތަށް މެދުވެރިކޮށް ދެއްކުން މަނާކޮށްފައެވެ.
ތާލިބާނުންގެ އޮފިޝަލުންނާއި އަފްޣާނިސްތާނުގެ ބައެއް މީހުން މި ކެމްޕޭން ޕްރޮމޯޓު ކުރަނީ ސަލާމަތީ ކަންކަން ރަނގަޅުކޮށް ކޮރަޕްޝަން ނައްތާލުމަށް ކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް