ތުރުކީ އާއި ސީރިއާ ބޯޑަރު ގުޅޭ ސަރަހައްދަށް އަނެއްކާވެސް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ އެވެ.
ފުރަތަމަ ބިން ހެލުން އައިއީ ރެކްޓާ މިންގަނޑުން6.5 ގެ ބާރު މިނުގައި އެވެ. އޭގެ ގަޑިއެއްހާއިރު ފަހު 5.8 ގެ ބާރުމިނުގެ ހެލުމެއް ވެސް އައެވެ.
އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި ރޭގެ ބިން ހެލުމުގައި މިހާތަނަށް ތިން މީހަކު މަރުވެފައިވެ އެވެ. އަދި200 އަށްވިރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.
ތުރުކީގައި ވަނީ މިދިޔަ އާދިއްތަ ދުވަހު ހުއްޓާލި މީހުން ހޯދުމުގެ އޮޕަރޭޝަން އަލުން ފަށައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައި އެވެ. އެ ސަރަހައްދަށް އަނެއްކާވެސް ބިން ހެލުމެއް އައިސްފައި މިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ފަތިހު އައި ބާރުގަދަ ބިން ހެލުމުގައި އިމާރާތްތަކުގެ ދަށުން މީހުން ހޯދުން ހުއްޓާލިތަނާހެންނެވެ.
އެ ބިން ހެލުމުގައި ތުރުކީން44،000 މީހުން އަދި ސީރިއާއިން ހަ ހާހަށްވިރެ ގިނަ މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް