ސްޓެލްކޯއިން ހަންޏާމީދޫއަށް ފެނުގެ ހިދުމަތްދޭން ފަށައިފި

ސްޓެލްކޯއިން އދ. ހަންޏާމީދޫއަށް ފެނުގެ ހިދުމަތްދޭން ފަށައިފި އެވެ. ސްޓެލްކޯއިން މިއަދު ބުނީ ހަންޏާމީދޫގެ ފެނުގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސް...

21 Feb 2023 | 04:20

ސްޓެލްކޯއިން އދ. ހަންޏާމީދޫއަށް ފެނުގެ ހިދުމަތްދޭން ފަށައިފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ހަންޏާމީދޫގެ ފެނުގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފް އާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް ކަމަށެވެ.

ސްޓެލްކޯއިން ބުނީ މި ހިދުމަތް އިފްތިތާހު ކުރެވުމާއިއެކު، ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދުގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަށް މިހާރު ފެނުގެ ހިދުމަތް  ލިބެމުން ދާނެ ކަމަށެވެ.

މިގޮތުން ސްޓެލްކޯއިން ބުނީ މިވަގުތު ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދެމުންގެންދާ ކަނެކްޝަންގެ ޖުމްލަ އަދަދަކީ 170 ކަމަށެވެ.

މީގެ އިތުރުން، ސްޓެލްކޯއިން ބުނީ މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކާއި، މި މަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ވަނީ ނިންމާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް