އަދާލަތުން ނިންމީ ރައީސް ސޯލިހަށް ތާއީދު ދިނުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާ ކުރަން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމާއިމެދު ދެ ޕާޓީ މަޝްވަރާކުރަން އަދާލަތު ޕާޓީއިން ނިންމައިފިއެވެ. އަދާލަތު ޕާޓީން މިހެން ނިންމާފައިމިވަނީ ކުރިއަށް އ...

21 Feb 2023 | 02:57

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމާއިމެދު ދެ ޕާޓީ މަޝްވަރާކުރަން އަދާލަތު ޕާޓީއިން ނިންމައިފިއެވެ.

އަދާލަތު ޕާޓީން މިހެން ނިންމާފައިމިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް އެދި އެމްޑީޕީ އިން އަދާލަތަށް ސިޓީ ފޮނުވުމުން އެ ސިޓީއާއި ގުޅިގެން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭގައި ބައްދަލުކޮށް މަޝްވަރާކުރުމަށްފަހުގައެވެ.

އަދާލަތުން ބުނެފައިވަނީ މިހާރު މި ހިނގާ ރިޔާސީ ދައުރުގައި ވޭތުވެދިޔަ ދައުރުތަކާ އަޅާ ބަލާއިރު ސަރުކާރުގައި ކުރެވުނު ފަހި ތަޖުރިބާއަށް ރިއާޔަތްކޮށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް އަދާލަތު ޕާޓީގެ ތާއީދު ދިނުމުގެ ކުރިން އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށް ނިންމުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް