މާދަމާގެ ރީތި ތާރީހުގައި މާލޭގައި 85 ކައިވެނި

މިއަހަރު އަންނަ ރީތި ތާރީހުތަކުގެ ތެރެއިން މާދަމާގެ ރީތި ތާރީހުގައި މާލޭގައި85 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ. މާދަމާގެ ތާރީހަކީ22.02.22 އެވެ. މިއީ02.02.22 އަށް ފަހު މ...

21 Feb 2022 | 15:42

މިއަހަރު އަންނަ ރީތި ތާރީހުތަކުގެ ތެރެއިން މާދަމާގެ ރީތި ތާރީހުގައި މާލޭގައި85 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

މާދަމާގެ ތާރީހަކީ22.02.22 އެވެ. މިއީ02.02.22 އަށް ފަހު މިއަހަރު އައި އެންމެ ރީތި އެއް ތާރީހެވެ.

ފެމިލީ ކޯޓުން ބުނީ މާދަމާ ކުރަން ހަމަޖެހިފައިވާ ކައިވެނިތަކުގެ ތެރެއިން46 ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ކޯޓުގައި ކަމަށެވެ. އަނެއް39 ކައިވެނި ކުރަން ހަމަޖައްސާފައިވަނީ ކޯޓުން ބޭރުގައި އެވެ.

މަދަމާ އަކީ މިދިޔަ އަހަރާއި އަޅާ ބަލާއިރު އެންމެ ގިނަ ކައިވެނި ކުރާ ދުވަހެކެވެ. މިދިޔަ އަހަރު އެންމެ ގިނަ ކައިވެނި ކުރި21.12.21 ގައި ކޮށްފައިވަނީ57 ކައިވެންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް