މާލޭގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަސް ލުއިދީ، އަތޮޅުތެރެއަށް ދަތުރު ކުރާއިރު ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭގޮތަށް ގައިޑްލައިން ބަދަލުކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބަދަލުތަކަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ. މާލޭގެ ކޯވިޑް ފިޔަވަޅުތަކަސް ބަދަލު ގެނައީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުމަށް މާދަމާއިން ފެށިގެން އަމަލު ކުރަން ނުޖެހޭނެ ކަމަށް ބުނެ އެވެ.
ދެން ގެނައި ބަދަލުގެ ތެރޭގައި ހިމެނެނީ މާލޭގައި ޕާޓީތަކާއި އިވެންޓުތަަކުގެ އިތުރުން ކުޅިވަރު ހަރަކާތްތަކުައި ލިމިޓެއް ނެތި މީހުން ބައިވެރި ވުމުގެ ހުއްދަ ދިނުމެވެ. އެކަމަކު ކުރިއަށް އޮތްތާވެސް އެއްވުންތަކާއި ހަފްލާތައް ބާއްވަން ވާނީ އެޗްޕީއޭގެ ކޮވިޑް ގައިޑްލައިނާ އެއްގޮތަށް ވަނީ ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުޅިވަރު މުބާރާތަކަށް ކުޅި ބަލާ މީހުންނަށް ނުވަދެވޭ ގޮތަށް އޮތް ގޮތުންވެސް ވަނީ އުވާލާފައެވެ. ނަމަވެސް އެފަދަ މުބާރާތްތައް އެޗްޕީއޭގެ ކޮވިޑް ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދަން އެދިފައެވެ.
ރާއްޖޭގެ ކޯވިޑް ހާލަތަށް ބަލާއިރު އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށީ މިދިޔަ މަހު އެވެ. މިމަހު ފެށުނު ފަހުން3،000 އާއި ގާތް ކުރާ އަދަދަކަށް މީހުން ދުވާލަކު ކޯވިޑަށް ޕޮސިޓިވް ވެފައިވެ އެވެ.
އެކަމަކު މިހާރު ހާލަތު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުންނެވެ. މިހާރު ކޯވިޑް ޖެހެނީ ދުވާލަކު1،000 ން ދަށުގެ އަދަދަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް