ދެން ބަދަނެއް ނުވިއްކާނަން، މިހާރު އަހަންނަކީ ތަރިއެއް: ބޫބަން ބަދްޔާކަރު

ދެން ބަދަން ވިއްކުން ނިމުނީ ކަމަށާއި މިހާރު އޭނާއަކީ ތަރިއެއް ކަމުގައި ކާޗާ ބަދަމް ލަވައިގެ ވެރިޔާ ބޫބަން ބަދްޔާކަރު ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އާޖްތަކް ބަންގްލާއަށް ދީފައިވާ އިންޓަވިއުއެއްގ...

21 Feb 2022 | 14:52

ދެން ބަދަން ވިއްކުން ނިމުނީ ކަމަށާއި މިހާރު އޭނާއަކީ ތަރިއެއް ކަމުގައި ކާޗާ ބަދަމް ލަވައިގެ ވެރިޔާ ބޫބަން ބަދްޔާކަރު ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އާޖްތަކް ބަންގްލާއަށް ދީފައިވާ އިންޓަވިއުއެއްގައެވެ.

ބޫބަން މަޝްހޫރުވެގެންދިޔައީ މަގުމަތީގައި ބަދަން ވިއްކުމުގައި އޭނާ އަމިއްލައަށް އުފެއްދި ލަވައެއްކަމުގައިވާ "ކާޗާ ބަދަމް" މި ލަވައިންނެވެ.

މިއުޒިކާ ނުލާ ކުރިން ކިޔަމުންދިޔަ މި ލަވަ އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި ވައިރަލްވެ، މިހާރު ވަނީ މި ލަވައިގެ މައްޗަށް މިއުޒިކް ދެ ލަވައެއްވެސް ރިލީޒްކޮށްފައެވެ.

https://www.youtube.com/watch?v=GHaaIwea-ok

ބޫބަން މިހާރު ކެޓަގަރީ ކުރެވިފައިވަނީ މިއުޒިކް އުފައްދާ ފަންނާނެއްގެ ގޮތުގައެވެ.

https://www.youtube.com/watch?v=58CNG2IBnvw

ބޫބަންގެ މި ލަވަޔަކީ މިހާރުވެސް ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ ލަވައެކެވެ. ބޫބަން އަންނަނީ މި ލަވަ ހިމެނޭހެން ބައެއް ހާއްސަ ހަފްލާތަކުގައި ޝޯވެސް މިހާރު ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް