ވިލިމާލޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، އިސްލާމިކްގެ ބޭންކުގެ އިސްވެރިޔެއް ކަމުގައިވާ އަރީފުއްރަހްމާން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލެއިން ލިބޭ ހުރިހާ ހިދުމަތެއް ވިލިމާލެ އިން ވެސް ލިބިގެން ދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.
އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ވިލިމާލޭގައި ލިބެމުންދާނެ ކަމަށް އެމްއައިބީން ހާމަކުރެއެވެ.
މާލޭގެ ހަތަރު ސަރަހައްދެއްގައި އެމްއައިބީގެ އޭޓީއެމްތައް ގާއިމުކޮށްފައިވާއިރު ހުޅުމާލޭގެ ސެންޓްރަލް މޯލްގައިވެސް އެމްއައިބީގެ އޭޓީއެމް ގާއިމުކޮށްފައިވެއެވެ. ނަމަވެސް މިއީ ވިލިމާލޭގައި ޤާއިމު ކުރާ އެމްއައިބީގެ ފުރަތަމަ އޭޓީއެމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް