މުސްލިމުންނަށް ނަފުރަތު އުފައްދައި ބީޖޭޕީން ކުރި ޓުވީޓު ޓުވިޓާއިން ޑިލީޓްކޮށްލައިފި

މުސްލިމުންނަށް އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީން ހަދަން ބޭނުންވާގޮތް ދައްކައިދޭ ފޮޓޯއެއް ޓުވީޓު ކުރުމުން ޓުވިޓާއިން އެ އެ ޕޯސްޓު ޑިލީޓު ކޮށްލައިފި އެވެ. މި ޓުވީޓުކޮށްފައިވަނީ އިންޑިއާގެ ސްޓޭ...

21 Feb 2022 | 11:33

މުސްލިމުންނަށް އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީން ހަދަން ބޭނުންވާގޮތް ދައްކައިދޭ ފޮޓޯއެއް ޓުވީޓު ކުރުމުން ޓުވިޓާއިން އެ އެ ޕޯސްޓު ޑިލީޓު ކޮށްލައިފި އެވެ.

މި ޓުވީޓުކޮށްފައިވަނީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގެ ބީޖޭޕީ ގޮފީގެ ރަސްމީ ޓުވިޓާ އެކައުންޓުންނެވެ. އެ ޓުވީޓުގައި ފެންނަނީ މުސްލިމް ފިރިހެނުންތަކެއްކަން އަންގައިދޭގޮތަށް ހެދުން އަޅައި ތުނބުޅި މަތިމަސް ބަހައްޓާފައި ތިބި ބަޔަކު ދަންޖައްސައި މަރަން ކަރަށް މަޅިގަނޑު އަޅުވާފައި ތިއްބަ އެވެ.

އެ ފޮޓޯއާއި އެކު ޓުވީޓުގައި ބުނެފައިވަނީ އިންޑިއާގެ އަހްމަދުއާބާދުގައި2008 ވަނަ އަހަރު ދިން ބޮމުގައި ހަމަލާގައި ހިމެނޭ މީހުންނަށް ހައްގު އަދަބުދޭން ޖެހޭ ކަމަށާއި ޓެރަރިސްޓުންނަށް އިންޑިއާގައި ފުރުސަތު ނުދޭނެ ކަމަށެވެ.

މިޓުވީޓު ގިނަ ބަޔަކު ސިފަ ކުރީ ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން ޖަރުމަނުގެ ނާޒީން ކުރެހި ފޮޓޯތަކާއެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނާ ގޮތުގައި ބީޖޭޕީން ޓްވީޓްކުރި އެ ކުރެހުމުން ދައްކުވައިދެނީ މުޖުރިމުންތަކަކަށް އަދަބު ދޭ މަންޒަރެވެ. ނަމަވެސް މުސްލިމުން ސިފަވާގޮތަށް އެކަން ކުރުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި ޓުވީޓަު ޑިލީޓްކޮށް ޓުވިޓާއިން ބުނީ ެ ޕޯސްޓު އެ ކުންފުނީގެ ގަވައިދުތަކާއި ހިލާފުކަމަށެވެ. އަދި އެއީ ހަމަ ނުޖެހުމަށް ހިތްވަރުދޭ ޓުވީޓެއް ކަމަށް ބުނެފައިވެ އެވެ.

އިންޑިއާގެ ބީޖޭޕީން މި ފަހުން ދަނީ މުސްލިމުންނާއި ދެކޮޅަށް ގިނަ ގަވައިދުތަކާއި އުސޫލުތައް ހަދައި ގާނޫނުތަކަށް ބަދަލު ގެންނަމުންނެވެ. އެގޮތުން މަލިކުގެ ބަންދު ދުވަހުގެ ގޮތުގައި ޒަމާނުންސުރެ އޮންނަ ހުކުރު ދުވަސް އާދިއްތަ ދުވަހަށް ބަދަލު ކުރުމާއި މަލިކުގައި ރަލާއި އޫރުމަސް ހުއްދަކޮށް ގެރި މަސް ކެއުން މަނާ ކުރުން ހިމެނެ އެވެ.

އަދި މިހާރު އެންމެ ހޫނުވެފައިވަނީ އިންޑިއާގެ ސަރުކާރު ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް މުސްލިމް އަންހެން ދަރިވަރުންނަށް ބުރުގާ އަޅައިގެން ވަނުން މަނާކުރި މައްސަލަ އެވެ. މި މައްސަލައިގަ ކަރްނާޓަކާ ސްޓޭޓްގެ އެކި ސިޓީތަކާއި ޑިސްޓްރިކްޓުތަކުގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް