ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަޙައްދުގެ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން ތާރުއެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭގޮތަށް މަގު ހުޅުވާލާނެކަމަށެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު ދިމާވެދާނެ ނުރައްކަލަކަށް އާންމުން ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެޗްޑީސީން ދަނީ އެ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ޤާއިމް ކުރުމުގެ މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް