ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން80 އހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވޭ ރޭ ދަންވަރުު12:15 ގައި އެވެ.
މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި292 ވަނަ މީހާ އެވެ. މެދުކެނޑުމަކަށް ފަހު ކޯވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ މިދިޔަ މަހު އެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ބަލާއި އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ165،000 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް