ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޕޮލިސް ބޯޑަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ސީޕީ ޕޮލިސް ބޯޑަށް ހާޒިރުކުރަނީ ކޮން މައްސަލައެއްގެ ތަހުގީގެއް ކަމެއް ނޭނގެ އެވެ. އެކަމަކު އޭނާ ހާޒިރު ކުރަނީ މައްސަލައެއްގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދިޔަ ގޮތާ ބެހޭ މައުލޫމާތު ސާފުކުރުމަށް ކަމަށްވެ އެވެ.
ޕޮލިސް ބޯޑަށް ސީޕީ ހާޒިރުކުރަން ނިންމާފައިވަނީ މާދަމާ މެންދުރުފަހު 00؛2 ގައި އެވެ.
ފުލުހުންގެ އާ ގާނޫނުގައި ބުނެފައިވާ ގޮތުން، ފުލުހުންގެ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތަކީ ޕޮލިސް ބޯޑެވެ.
ފުލުހުންގެ ބޯޑަކީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށް އެކުލެވިފައިވާ ހަތަރު އަހަރު ދުވަހުގެ ދައުރެއްގެ މައްޗަށް އެކުލަވާލެވިފައިވާ ބޯޑެކެވެ.
ފުލުހުންގެ ކަންކަމާ މެދު ބޯޑަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ގާނޫނު ބުނާ ގޮތުގައި، ސީދާ ކޮމިޝަނާ އޮފް ޕޮލިސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް