ވޯޓު އެއްވަރުވި އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހޮވުން މިމަހު 28 ގައި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީދަރުންގެ ތެރެއިން މަދުވާ މެމްބަރު ހޮވުމަށް ބާއްވާ ވޯޓު ނެގުމުން މިމަހުގެ28 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މަގާމުތަކަށް މ...

21 Feb 2022 | 07:04

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީދަރުންގެ ތެރެއިން މަދުވާ މެމްބަރު ހޮވުމަށް ބާއްވާ ވޯޓު ނެގުމުން މިމަހުގެ28 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓު ނެގީ މިދިޔަ ހުކުުރު ދުވަހު އެވެ. ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ދެ މެމްބަރުން ތިއްބަވާއިރު ދެ ވަނަ މެމްބަރަކު ކަނޑަނޭޅުނީ ވޯޓު އެއްވަރުވުމުންނެވެ.

މި އިންތިހާބުގައި ވާދަ ކުރެއްވީ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އެވެ. ބިގޭއަށް 49 ވޯޓު ލިބިވަޑައިގެން މަގާމު ލިބިވަޑައިގެންނެވި އިރު އަނދުން ހުސައިން އާއި އިލްޔާސްއަށް ލިބިވަޑައިގެންނެވީ34 ވޯޓެވެ.

28 ވަނަ ދުވަހު ވޯޓު ނަގާނީ އިލްޔާސް އާއި އަނދުން ހުސައިންގެ މެދުގައި އެވެ.

ވޯޓުލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ އެ ދުވަހުގެ މެންދުރު ފަހު2:00 ން ހަވީރު4:00 އަށެވެ.

މިދިޔަ ހުކުރު ދުވަހު ކުރިޔަށްދިޔަ އިންތިހާބުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކާމިޔާބު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ކެންޑިޑޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން އަސްލަމް ކާމިޔާބު ކުރެއްވީ 40 ވޯޓުންނެވެ. އަސްލަމްއާއި ވާދަކުރެއްވި މިހާރު ވެސް އެ މަގާމު ފުރުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް