އަންހެނުން ބާރުވެރިކުރުވުމައި، އަންހެނުންނަށް ކުރިމަތިވާ އެކި ބާވަތުގެ ނުރައްކާތަކުން އަމިއްލައަށް ދިފާޢުވުމުގެ ހުނަރު އަށަގެންނެވުމުގެ ގޮތުން ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)އާއި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ މާޝަލް އާޓްސް ސްކޫލެއް ކަމުގައިވާ ފައިޓް ސައުލް މޯލްޑިވްސް ގުޅިގެން އަންހެނުންނަށް އަމާޒުކުރެވިގެން ސެލްފް ޑިފެންސް ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.
ބީސީއެމުން ބުނީ 01 މާރިޗު 2022ގެ ނިޔަލަށް ކުރިއަށް ދާ މި ޓްރޭނިންގ ޕްރޮގްރާމްގައި ބީސީއެމްގެ 22 މެންބަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ސެލްފް ޑިފެންސް ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ސެޓުފިކެޓު ދެވޭނެ ކަމަށް ބީސީއެމުން ބުނެއެވެ.
މި ޓްރޭނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން ފައިޓް ސައުލް މޯލްޑިވްސްގެ ޖިމްގައި މިރޭ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. ބީސީއެމްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފާޠިމަތު ނައުޝާނެވެ. ފައިޓް ސައުލް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޕްރިއޭޓަރ ޢަބްދުﷲ ފިރުޝާން ޢަލީއެވެ.
މި ޕްރޮގްރާމްގައި މާޝަލް އާޓްސްއާއި ޢާންމު ޞިއްޙަތާ ގުޅުންހުރި ތަމްރީނާއި މަޢުލޫމާތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ބީސީއެމުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް