ބ. އަތޮޅުގައި ހުންނަ ދިރޭތަކެތީގެ ނަސްލާއި ޤުދުރަތީ ވަސީލަތްތަށް ދެމެހެއްޓެނެވި ގޮތެއްގައި ބޭނުންކުރެވޭނެ ނިޒާމެއްގެ ދަށުން ގާއިމު ކުރެވިފައި ހުންނަ ޔުނެސްކޯ މެން އެންޑް ބަޔޮސްފިއަރގެ ރިޒާވް އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ އަތޮޅު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެ ކޮމެޓީގެ ހަތަރު މަގާމަކަށް މެމްބަރުން ބޭނުންވާ ކަމަށެވެ. އެއީ ކަލްޗަރ އެންޑް ހެރިޓޭޖްގެ ދާއިރާގެ ރެޕްރެސެންޓޭޓިވް، އެގްރިކަލްޗަރގެ އެއް ރެޕްރެސެންޓޭޓިވް، ފިޝަރީޒްގެ އެއް ރެޕްރެސެންޓޭޓިވް ގެ އިތުރުން އެން.ޖީ.އޯގެ އެއް ރެޕްރެސެންޓޭޓިވް އެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 00؛01 ޖެހުމާ ހަމައެއްށެވެ.
މި ކަމާބެހޭ އިތުރު މައުލޫމާތު ސާފު ކުރުމަށް 6602535 ނަންބަރަށް ގުޅުއްވުމަށް އެ ކައުންސިލުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް