ޖަސްޓިން ބީބާ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ޖަސްޓިން ބީބާ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާއާއެކު އޭނާގެ ޓީމުގެ (މިއުޒިކް ބޭންޑު) ބައެއް މީހުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް އެ އެންމެންގެ ފަރާތު...

21 Feb 2022 | 06:12

ޖަސްޓިން ބީބާ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާއާއެކު އޭނާގެ ޓީމުގެ (މިއުޒިކް ބޭންޑު) ބައެއް މީހުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް އެ އެންމެންގެ ފަރާތުން ވެސް ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަސްޓިން ބީބާ ޕޮޒިޓިވް ވުމާއިގުޅިގެން އޭނާ މިހާރުފަށާފައިވާ "ޖަސްޓިސް ޓުއަރ" ވަނީ ކެންސަލކް ކޮށްފައެވެ. މި ޓުއަރ ފަށާފައިވަނީ މި ހަފްތާގެ ކުރީކޮޅެވެ.

ޖަސްޓިން ޓުއަރ ކެންސަލް ކުރަން ޖެހުމުން އޭނާއާއި ޓީމު ހިތާމަކުރަމުންދާ އިރު، މި ޓުއަރ ދެން އޮންނާނީ ޖޫން މަހު ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ޖަސްޓިން އާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން އޭނާ އެންމެ ހިތާމަކުރަނީ ކޮވިޑަށް ޕޮޒިޓިވްވުމަށްވުރެ މިއުޒިކް ޝޯވތައް ކެންސަލް ކުރަން ޖެހުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް