ޝާހިދާއި އަދޮނަމް، ކޮވިޑު ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމްއާއި ވެކްސިންއާއި ބެހޭގ...

21 Feb 2022 | 05:40

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމްއާއި ވެކްސިންއާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

"އިން ކޮންވަޒޭޝަން" ގެ ނަމުގައި އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ބޭއްވި މި ބައްދަލަވުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އިން އަރައިގަތުމަށް ބޭނުންވާ ވެކްސިން، ހަމަހަމަކަމާއެކު ހުރިހާ ޤައުމަކަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ބާއްވަވާ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމެވެ.

ވަރޗުއަލް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސްވަނީ ވެކްސިން ފޯރުކޮށްދީފައިވާ މިންވަރާއި، ހުރި ދަތިތަކާ އަދި ހާސިލްކުރަންބޭނުންވާ ލަނޑުލަނޑިތަކާ ބެހޭގޮތުން އދ.ގެ އާއްމު މަޖިލީހުގެ ރައީސަށް މައުލޫމާތު ދެއްވާފައެވެ.

މިގޮތުން 2021 ނިޔަލަށް ކޮވެކްސް ވެކްސިންގެ 1 ބިލިޔަން ޑޯޒު ފޯރުކޮށްދެވިފައިވާ ކަމާއި، ގްލޯބަލް ހެލްތް އިމަޖެންސީއަކުން އަރައިގަތުމަށްޓަކައި ޑަބްލިއު.އެޗް.އޯ.ގެ ޓާގެޓަކީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގައުމުތަކުން އެ ގައުމެއްގެ އާބާދީގެ %70 ވެކްސިނޭޓްކުރުންކަމުގައި ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް ވިދާޅުވިއެވެ.

މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ ވެކްސިން ގެޕް ކުޑަ ކުރުމަށް ގިނަ މަސައްކަތެއް ކުރަން ޖެހިފައިވާކަމާއި، މިހާރު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ވީހާވެސް އަވަސް ގޮތެއްގައި ވީހާވެސް ދުރަށް ވެކްސިން ރޯލްއައުޓްކުރުންކަމުގައެވެ.

ނަމަވެސް ޑަބްލިއު.އެޗް.އޯ.އިން ދަނީ ގައުމުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކުން އަރައިގަނެ ވެކްސިން ފޯރުކޮށްދިމުގެ މަސައްކަތުގައިކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ.

އަދި، ވެކްސިންގެ އިތުރުން ގައުމުތަކަށް ކޮވިޑް-19 ޓެސްޓްކުރުމާއި ފަރުވާދިނުމުގެ އިންތިޒާމްވެސް ހުންނަން ޖެހޭކަމުގައި ޓެޑްރޮސް ފާހަގަކުރެއްވިއެވެ.

މިހެންވެ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، ކޮވިޑް-19 އިން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތް ނިމުމަކަށް ގެނައުމަށާއި، ދެމެހެއްޓެނިވިގޮތެއްގައި ދުނިޔެ އާރާސްތުވުމަށް ގައުމުތަކުން 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓަރ' އަށް ފަންޑުކުރުމުގެ މުހިންމުކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް