ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމެޓީތަކަށް ބަދަލު ގެނެސް، ތިން ކޮމެޓީއަކަށް ކޮމަންޑޫ ދާއިރާއަށް އަލަށް އިންތިހާބުވި މުހައްމަދު ރާޝިދު (ރާޑޯ) ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ (ށ)ގެ ދަށުން، ބައެއް ކޮމިޓީތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މާލިއްޔަތު ކޮމެޓީއަށް އެމްޑީޕީގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ހަމަޖައްސާފައިވާއިރު، އާންމު ކޮމެޓީގައި އެމްޑީޕީގެ ފަރާތުން ހިމެނިވަޑައިގަންނަވާ މެމްބަރު މުމްތާޒުގެ ބަދަލުގައި އެ ކޮމިޓީއަށް ކޮމަންޑޫ ދާއިރާގެ މެންބަރު ރާޝިދު ވަނީ ހަމަޖައްސަވައިފައެވެ.
މީގެ އިތުރުން ލާމަރުކަޒީ ކޮމެޓީއަށް އެމްޑީޕީގެ ފަރާތުން ހަމަޖައްސާފައިވާ، މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންގެ ބަދަލުގައި އެކޮމިޓީއަށާއި، އިމްތިޔާޒާ ސުލޫކު ކޮމެޓީއަށްވެސް ރާޝިދު ވަނީ ހަމަޖައްސައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް