ދުނިޔޭގެ އެކި ޤައުމުތަކުގެ ތަފާތު ޘަޤާފަތްތައް ދެމެހެއްޓުމަށްޓަކައި މާދަރީ ބަސް ހިމާޔަތް ކުރަން ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އޯޑްރީ އޮޒޫލޭ ގޮވާލައިފިއެވެ.
އޯޑްރީ އޮޒޫލޭ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
އޯޑްރީ އޮޒޫލޭ ދެއްވި ޚިތާބުގައި ވަނީ ކޮންމެ ބަހެއްގައިވެސް އެ ބަހަކަށް ޚާއްޞަ ރާގަކާއި، އެ ބަހަކުން މުޢާމަލާތުކުރާ ވަކި ގޮތްތަކަކާއި އެބަހަކުން ވިސްނާ ވައްޓަފާޅިއެއް އެކުލެވިގެންވާކަން ފާހަގަކުރައްވާފައެވެ. އަދި ބަހެއް ދަސްކުރުން ނުވަތަ ބަހެއް ހަނދާންނެތުމަކީ މުއާމަލާތުކުރުމުގެ ވަސީލަތެއް ލިބުމެއް ނުވަތަ ގެއްލުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެބަޔެއްގެ މާދަރީ ބަހައް ފަހަތައް ޖެހުމަކީ އެބަޔަކަށް ނޭދެވޭ އަސަރު ތަކެއްކުރުވާނެކަމެއްކަމަށް ވިދާޅުވެ އޯޑްރީ އޮޒޫލޭ ވިދާޅުވީ، ބަހަވީ ސިންދަފާތު ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި މިކަމަށް ބޭނުންވާ އާ ވަސީލަތްތައް ފަންނިއްޔާތުން ލިބޭން ހުރިކަމަށެވެ.
އޮޒޫލޭ ވިދާޅުވީ ވާހަކަ ފުޅުގައި މި އަހަރު ފެށިފައި މިވާ ވެށިބަސްތަކުގެ ބައިނަލްއަގުވާމީ އަހަރުގައި، ބަހުގެ އަހުލުވެރީންނާއި މައުލޫމާތު ދުރަށްފަތުރާ ފަރާތްތަކާއި ދިރާސާވެރީންގެ މަސައްކަތްތައް އަމާޒުކޮށްދިނުމާއެކު، ދުނިޔަވީ އިލްމާއި ވައްޓަފާޅީގެ އަގުބޮޑު ފުރޭފުތައް ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް ގެނެވޭނެކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިންޓަނެޓްގެ ސަބަބުން އެބަޔެއް ވާހަކަދައްކާ ބަހެއް ނެތިގޮސް، އެހެން ބަސްތައް މާދަރީ ބަހަށް ވަދެ މަސްހުނިވުމުގެ ފުރުސަތު ބޯޑުކަމަށް އޮޒޫލޭގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް