ފިލްމުކުޅުމާއި ފިލްމު އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުންނަށް އަމްޖޭ އެހީތެރިކަން ފޯރުކޮށްދެނީ

ދިވެހި ފިލްމުކުޅުމާއި ފިލްމު އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުންނަށް އަމްޖަދު އިބްރާހިމް (އަމްޖޭ) އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. ދުވަސްއަށް މައުލޫމާތު ދެމުން އަ...

21 Feb 2022 | 04:19

ދިވެހި ފިލްމުކުޅުމާއި ފިލްމު އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުންނަށް އަމްޖަދު އިބްރާހިމް (އަމްޖޭ) އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ދުވަސްއަށް މައުލޫމާތު ދެމުން އަމްޖޭ ބުނީ އެ ފުރުސަތު ދެ ޖިންސުގެ މީހުންނަށް ވެސް އެބައޮތް ކަމަށާއި މިވަގު ބޮޑަށް ބަލަމުން މިދަނީ މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ކަމަށެވެ.

"ފިލްމު ކުޅޭހިތްވާ އަންހެން އަދި ފިރިހެން ކުދިން ބޭނުން. އަދި ޓެކްނިކަލް މަސައްކަތް ދަސްކުރަން ބޭނުންވާ ކުދިން ވެސް ބޭނުންވޭ އެބަ." އަމްޖޭ ބުންޏެވެ.

އަމްޖޭ ބުނީ މިވަގުތު ވެސް ވަރަށް ގިނަ ފިލްމުތަކުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެއްވެސް ހުއްޓުމެއް ނެތި މިދުވަސްވަރު ފިލ؛ްމުތަކުގެ މަސައްކަތް އެބަހުރި ކަމަށެވެ. ފިލްމު ކުޅުމަށާއި ފިލްމު އުފެއްދުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އަމްޖޭގެ ނަމްބަރު 7776557 އޒަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އޭނާ ވަނީ އެދފައެވެ.

ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޑައިރެކްޓްކުރި ޑައިރެކްޓަކަަށް އަމްޖޭ ވާއިރު، ފަންސާހަށް ވުރެ ގިނަ ފިލުމު އޭނާ ވަނީ މިހައިތަނަށް ޑައިރެކްޓު ކޮށްފައެވެ.

ފިލްމް ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމު ޕްރޮޑިއުސް ކުރުމާއި ފިލްމު ސްކްރިޕްޓް ލިޔުމަކީ ވެސް އަމްޖޭ ކުރާ މަސައްކަތެކެވެ. އެގޮތުން އަމްޖޭ ވަނީ ތަފާތު އެތައް ފީޗަރ ފިލްމަކާއި ކުޑަކުދިންގެ ފިލްމު އަދި ވީޑިއޯ ލަވަތައް ޑައިރެކްޓްކޮށްފައެވެ.

މި ހުރިހައި މަސައްކަތެއްގެ ސަބަބުން އޭނާއަށް ވަނީ ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސްގައި ހަޔާތީ އަރުތަ އެވޯޑް (ލައިފްޓައިމް އެޗީވްމެންޓް އެވޯޑް) ދީފައެވެ. އެ އެވޯޑު އޭނާއަށް ދީފައިވަނީ 2016 ވަނަ އަހަރުއެވެ.

އަމްޖޭ މިފަހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ފަހުކޮޅު، އަމްޖޭ އުފެއްދި ”ބްރިޖް“ ވެބް ސީރީޒް މިހާރުވަނީ ބައިސްކޯފުން ދައްކަން ފެށުމަށް ތައްޔާރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް