އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ހަތެއްގައި

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. އުރީދޫއިން ބުނީ އަހަރީ އާންމު ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑްސް މޯލްޑި...

21 Feb 2022 | 04:13

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އުރީދޫއިން ބުނީ އަހަރީ އާންމު ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލުގައި ކަމަށެވެ. ޖަލްސާގައި ބައިވެރިވާން ރެޖިސްޓްރީ ކުރި ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ އެތަނަށް ދިއުމުން ބައިވެރިވެވޭނެ އެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ17 ވަނަ ދުވަހުގެ ނިޔަލަށް ރެޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ހިއްސާގެ ފައިދާވެސް ލިބޭނީ އެ މުއްދަތުގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ޖަލްސާގައި ބައިވެރިވެވޭނީ ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.

މިއަހަރު އުރީދޫން ނިންމާފައިވަނީ ހިއްސާއަކަށް2.70 ރުފިޔާ ބަހާށެވެ. މިއަދަދު ފާސް ކުރުން އަހަރީ އާންމު ޖަލްސާގައި އޮންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް