ފަރީދާ ޖަލާލު ދުނިޔޭގައި އެބަ ހުރި!

ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި މަންމައެއްގެ ރޯލުން  ފެނިގެން ގޮސްފައިވާ އަދި ފަހުން ޓީވީ ސީރީސްތަކުން ފެނުނު ފަރީދާ ޖަލާލް  މަރު ނުވާކަމަށް އޭނާ ބުނެފި އެވެ. ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ސޯޝަލް ...

21 Feb 2017 | 05:35

ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި މަންމައެއްގެ ރޯލުން  ފެނިގެން ގޮސްފައިވާ އަދި ފަހުން ޓީވީ ސީރީސްތަކުން ފެނުނު ފަރީދާ ޖަލާލް  މަރު ނުވާކަމަށް އޭނާ ބުނެފި އެވެ.

ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ގިނަ ޕޯސްޓުތަކެއް އާންމު ކުރަމުންނެވެ. އެކަން ދޮގުކޮށް އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހެޔޮ ހާލުގައި ހުރި ކަމަށެވެ.

އޭނާ މަރުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެންވީ ސަބަބު ނޭނގޭ ކަމަށާއި އެ ޕޯސްޓުތަކާއި ގުޅިގެން މީހުން ގުޅަން ފެށުމުން ހިނި އައި ކަމަށް ފަރީދާގެ ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.

އުމުރުން 67 އަހަރުގެ ފަރީދާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އިމްރާން ހާންގެ ފިލްމު  "ސަރްގޯޝިޔާން" އިންނެވެ.

ފަރީދާ ވަނީ މިހާތަނަށް 200 އަށްވުރެ ފިލްމު ކުޅެފައި އެވެ. އޭގެ ތެރޭގައި "ކުޗު ކުޗު ހޯތާހޭ"، "ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭ' އަދި 'ކަބީ ޚުޝީ ކަބީ ގަމް" ފަދަ މަޝްހޫރުކަން ހޯދި ފިލްތައް ހިމެނެ އެވެ.

އޭނާ ކުޅެފައިވާ މަޝްހޫރު ޓީވީ ސީރީޒްތަކުގެ ތެރޭގައި ސްޓާޕްލަސް އިން ދެއްކި "ޝަރާރަތު" ފާހަގަކޮށްލެވެ އެވެ.

ފަރީދާ ވަނީ ހިންދީ ފިލްމުގެ އިތުރުން އިނގިރޭސި ފިލްމާއި ތެލުގޫ ފިލްމުތައްވެސް ކުޅެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް