މިރޭ 10:20 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާއަށް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ދަރުބާރުގޭ ކައިރީގައި ހިނގި މާރާމާރީއެއްގައި މިރޭ ޒަހަމްވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވީ އުމުރުން 24 އަހަރުގެ ޖައިލަމް ޝާކިރު ކިޔާ ޒުވާނެކެވެ. ޖައިލަމް މަރުވިކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.އޭޑީކޭގައި ފަރުވާދެމުންދަނިކޮށް ޖައިލަމް މަރުވީ މިރޭ 10:30 ހާއިރު އެވެ.
މަންޒަރުދުއް ބައެއް ފަރާތްތަކުން މައުލޫމާތު ދޭގޮތުން ޖައިލަމްއަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ހަތަރު މީހުންގެ ގުރޫޕަކުންނެވެ. ހަމަލާދިން ކަމަށްވަނީ ދިގުމިނުގައި ގާތްގަނޑަކަށް ހަތް އިންޗި ހުންނަ ވަރުގެ ވަޅިއަކުންނެވެ. ފުލުހުންގެ އެހީތެރިކަމާއެކު ޖައިލަމް ހޮސްޕިޓަލަށް ގެންދިޔައީ ކުޑަ ޕިކަޕެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް