ނާޒިމް އެވަނީ ފްރޭމް ކޮށްފަ، މިނިވަން ކުރުމަށް ގޮވާލަން: މަހުލޫފު

ބަގާވާތެއް ގެންނަން އުޅުނު ކަމުގެ ތުހުމަތާއި ބަޑިއާއި ގޮވާތަކެތި ގެއިން ފެނުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިހުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ގ...

21 Feb 2015 | 14:45

ބަގާވާތެއް ގެންނަން އުޅުނު ކަމުގެ ތުހުމަތާއި ބަޑިއާއި ގޮވާތަކެތި ގެއިން ފެނުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިހުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ގޮވާލައްވައިފި އެވެ.

https://twitter.com/AhmedMahloof/status/569128403628007425

މަހުލޫފު މިކަމަށް ގޮވާލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މަހުލޫފު ވިދާޅުވެފައިވަނީ "ނާޒިމް ވަނީ ފްރޭމް ކޮށްފައި ކަމަށާއި، އެބޭފުޅާ ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާ" ކަމަށެވެ.

މަހުލޫފުގެ މި ޓްވީޓް ކޮށްފައިމިވަނީ ޕީޕީއެމް ދޫކޮށް ސިޔާސީ ފަޅި ބަދަލުކުރަން މަހުލޫފު ނިންމާފައިވާކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް