މާލޭ ގެއެއްގެ ތެރޭގައި ގެންގުޅެމުންދިޔަ 7 ފޫޓްގެ ހަރުފައެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންބުނީ މާލޭގެ ގެއެއްގައި ހަރުފައެއް ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މި ހަރުފަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މ. ލައިޓްގަރޑަން 2 ވަނަ ފަންގިފިލާ ބަލައިފާސްކޮށް އެގޭ ކޮޓަރިއެއްގެ ތެރޭގައި ބިއްލޫރި ކޮށްޓަކަށް ލައިގެން ގެންގުޅެމުންދަނިކޮށް ކަމަށެވެ.
މި ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެގެ ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 7 ފޫޓްގެ ޕައިތަންއެއް ކަމަށާއި މި މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް