ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ ސާމާނު ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހަދިޔާ ކުރަނީ

ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ ގިނަ އަދެދެއްގެ ސާމާނު އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރަން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓާ ޑރ މުހައްމަދު އަލީ ސައީދު ވިދާޅުވީ ވިޔ...

21 Feb 2015 | 09:27

ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ ގިނަ އަދެދެއްގެ ސާމާނު އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރަން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓާ ޑރ މުހައްމަދު އަލީ ސައީދު ވިދާޅުވީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެ މިނިސްޓްރީއަށް ހަދިޔާކުރަން ނިންމި ތަކެތީގެ ތެރޭގައި މިސްކިތްތަކަށް ބޭނުންވާ މައިކާއި، ސައުންޑް ސިސްޓަމާއި، ތާޅަފިލި އަދި ބިކީގެ އިތުރުން ފަންކާ ހިމެނޭކަމަށެވެ. މިނިސްޓާ ވިދާޅުވީ އެތަކެތި މިއަހަރު ނިމުމުގެ ކުރިން މިނިސްޓްރީއާއު ހަވާލު ކުރާނެ ކަމުގެ ޔަގީންކަން އެ ޖަމިއްޔާއިން ދީފައިވާކަމަށެވެ.

އެތަކެތި އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރަން ނިންމާފައިވާކަން ހާމަ ކުރީ މިދިޔަ ހަފްތާތެރޭގައި އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމްއާއި އެކު ވިޔަފާރިވެރިންގެ ޖަމިއްޔާގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި އެވެ. އެ ބައްދަލުވުމުގައި މިނިސްޓާ ވަނީ އެ ޖަމިއްޔާއިން ވާނެ ކަމަށް ބުނެފައިވާ އެހީތަކަށް ޝުކުރު އަދާކުރައްވާފައި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހަދިޔާ ކުރާ އެ ތަކެތި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކޮން އަތޮޅުތަކެއްގެ މިސްކިތްތަކެއްގައި ކަމެއް އަދި އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ މާލޭ ހުކުރު މިސްކިތް ގޯތި ތެރެއަށް ބެލި ލައިދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް