"މަހުލޫފު ޖޭޕީއަށް ސޮއި ކުރައްވަނީ 27 ގައި"

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް (މަހޭ) ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށާއި އަދި ހުރީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތު...

21 Feb 2015 | 04:19

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް (މަހޭ) ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށާއި އަދި ހުރީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށް މަހުލޫފުގެ އާއިލާ ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެމުން މަހުލޫފްގެ އާއިލާ ބޭފުޅަކު ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރޭ ކޮފީއެއްގައި ތިބެ ދެއްކި ވާހަކައެއްގެ ތެރޭގައި ޕީޕީއެމުން ވަކިވެ ޖޭޕީއާ ގުޅޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

"ކޮފީއަކަށް ގޮސް މަހުލޫފު ވިދާޅުވި ޕީޕީއެމުން ކެނޑޭ ވާހަކަ އަދި ޖޭޕީއާ ގުޅޭ ވާހަކަ، 27 ވަނަ ދުވަހުގެރޭ ސޮއި ކުރާނެ ކަމަށް ވިދާޅުވީ" މަހުލޫފުގެ އާއިލާ ބޭފުޅަކު ވިދާޅުވި އެވެ.

މިކަމާމެދު ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ މަހުލޫފު އަދި ޕީޕީއެމުން ވަކި ނުވާ ކަމަށާއި އަދި ހުރީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް