އަހަރުގެ ފަހުކޮޅަށް އޭލެވެލް އިމްތިހާނު ބަދަލު ކުރަނީ

އޭލެވެލް އިމްތިހާނު އަންނަ އަހަރުން ފެށިގެން އޮކްޓޯބު ނޮވެމްބަރުގައި ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ. އެޑިއުކޭޝަން މިނިސްޓާ ޑޜ އާއިޝަތު ޝިހާމް ވިދާޅުވީ މިހާޜު އޭލެވެލް އިމްތިހާނ...

21 Feb 2015 | 04:15

އޭލެވެލް އިމްތިހާނު އަންނަ އަހަރުން ފެށިގެން އޮކްޓޯބު ނޮވެމްބަރުގައި ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަން މިނިސްޓާ ޑޜ އާއިޝަތު ޝިހާމް ވިދާޅުވީ މިހާޜު އޭލެވެލް އިމްތިހާނު ބާއްވަމުން އަންނަ މެއި ޖޫންގެ ބަދަލުގައި އޮކްޓޯބަރު ނޮވެމްބަރުގައި އެ އިމްތިހާނު ބާޢްވަން ހަމަޖެއްސީ ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ކުދިންގެ އެދުމުގެ މަތިން ކަމަށެވެ. މިނިސްޓާ ވިދާޅުވީ އޯލެވެލް އިމްތިހާނު އަހަރުގެ ފަހުކޮޅު ނިންމުމަށް ފަހު އޭލެވެލް އަށް ކިޔަވަން ފަށަށްނ ހައެއްކަ މަސްަގާތީ ބެލެނިވެރިން ޝަކުވާ ކުރާކަމަށެވެ.

"ސާނަވީ ތަޢުލީމު ނިންމާ، މަތީ ސާނަވީ ނުވަތަ އޭލެވަލް ކިޔަވާ ކުދިންގެ މައިން ބަފައިން އެންމެ ކަންބޮޑުވާ އެއްކަމަކީ، އޯލެވަލް ޓެސްޓަށްފަހު އޭލެވަލް ކިޔަވަން ފެއްޓުމާދޭތެރޭ މިއަންނަ ހައެއްކަމަސް. މިދުވަސްވަރު އެކުދިންގެ ހުސްވަގުތު ގިނަވެ އަދި އެހެނިހެންވެސް ދަތިތަކާ ދިމާވާކަމަށް ބުނަމުންދޭ،" މިނިސްޓާ ވިދާޅުވި އެވެ.

އެ ބަދަލު ގެނެވިފައިވަނީ ޓެސްޓްދޭ ފަރާތްތަކާއި ގިނަ މަޝްވަރާތަކެއް ކުރުމަށް ކަމަށް ޑރ އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް