ކެނދިކުޅުދޫ ކައިރިން ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް – ހަ މީހަކަށް އަނިޔާވެ އެކަކު އެނދުމަތި ކުރަން ޖެހުނު

ނ. ކެނދިކުޅުދޫ ކައިރިން ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަ މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ. ދުވަހަށް މައުލޫމާތު ހިއްސާކުރައްވަމުން ރަށު ކައުންސިލުގެ ނައިބުރައީސް ހަސަން މުހައްމަދު ވ...

21 Jan 2025 | 17:45

ނ. ކެނދިކުޅުދޫ ކައިރިން ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަ މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރައްވަމުން ރަށު ކައުންސިލުގެ ނައިބުރައީސް ހަސަން މުހައްމަދު ވިދާޅުވީ ކުޑަ ޑިންގީ ވައްތަރުގެ ލޯންޗެއްގައި ފަސް ފިރިހެނަކާއި އަންހެނަކު އިރު އޮއްސުނުހާއިރު ދަތުރު ފެށީ އެ އަތޮޅު މާފަރަށް ދިއުމަށް ކަމަށެވެ.

"މައުލޫމާތު ލިބުނު ގޮތުން އެ ލޯންޗު ސްޓާޓް ކުރަނީ ބެޓެރީގަ ދެ ނަރުކޮޅު ޖައްސައިގެން، ލޯންޗު ހުއްޓުނު ވަގުތެއްގައި ދިޔަ ހިއްކަން އުޅެފައި އެ ދެ ނަރުކޮޅު ޖައްސާލި ވަގުތު އަލިފާން ހިފީ، ލޯންޗުގެ ދިޔަގަނޑުގެ ތެރެއަށް ހުރީ ތެޔޮ އެޅިފައި ކަމަށް ބެލެވެނީ" ކައުންސިލް ނައިބުރައީސް ވިދާޅުވިއެވެ.

އެ މަންޒަރު ފެނުނީ ރަށުގެ ފަރުބޭރުން މަސް ބޭނުމުގައި ކުޑަ ދޯންޏެއްގައި އުޅުނު މީހަކަށް ކަމަށާއި އެ ދޯނީގައި އެމީހާ އެ ހިސާބަށް ދިޔައިރު ހަ މީހުންވެސް ތިބީ މޫދުގައި، އަލިފާނުގެ ހާދިސާ ހިނގި ލޯންޗާއި 100 ވަރަކަށް ފޫޓު ދުރުގައި ކަމަށް އެ ދޯނީގައި އިން މީހާއާ ހަވާލާދީ ކައުންސިލު ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ އެ ދޯނީގައި އެމީހުން ރަށަށް ގެނައި ކަމަށާއި އެ ލޯންޗުގައި ހުރި އަންހެން މީހާގެ ފައި ތަންކޮޅެއް ބޮޑަށް ފިހިފައިވާތީ ޕިކަޕެއްގައި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އަދި ފަސް ފިރިހެނުންގެ ފައިންވެސް ހަން ގޮސްފައިވާކަމަށާއި ސިއްހީ މަރުކަޒަށް ގެންދެވުނު އަންހެން މީހާއަށްވެސް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށްވެސް ކައުންސިލުގެ ނައިބުރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް