ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތު: އުރީދޫއިން މި ދެނީ މެޗުތައް ބަލަން ގޮސްގެން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު

ގޯލްޑަން ފުޓްސަލް މެޗުތައް ބަލަން ގޮސްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ. އުރީދޫއިން މިއަދު ބުނީ "ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތު" ނަމުގައި ފެށި މި ޕްރޮމޯޝަނަކީ ހުޅ...

21 Jan 2025 | 10:32

ގޯލްޑަން ފުޓްސަލް މެޗުތައް ބަލަން ގޮސްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ.

އުރީދޫއިން މިއަދު ބުނީ "ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތު" ނަމުގައި ފެށި މި ޕްރޮމޯޝަނަކީ ހުޅުމާލެ ރެހެންދި ޓާފް ދަނޑުގައި މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖާއި ގުޅުވައި ކުރިއަށްގެންދެވޭ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަންގައި ޓީވީ، ރެފްރިޖެރޭޓަރ، ސޯފާ އަދި މައިކްރޯވޭވް އަވަން ލިބުމުގެ ފުރުސަތުގެ އިތުރުން ދެ ފަރާތަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ލިބޭ ގްރޭންޑް ޕްރައިޒްއެއްވެސް ހިމަނާފައިވެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މެޗުތައް ކުރިއަށްދާއިރު އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އުރީދޫގެ ޓެންޓަށް ދުރުވެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަރނެޓް ހިމެނޭހެން އުރީދޫގެ ޚިދުމަތެއް އެކްޓިވޭޓް ކޮށްލުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަން، ގޯލްޑަން ފުޓްސަލް ޗެލެންޖް ނިމެންދެން އަންނަ ފެބްރުއަރީ މަހުގެ 25 އާއި ހަމައަށް ކުރިއަށްދާނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް