ފުނަދޫގައި ގާއިމްކޮށްފައިވާ ފިއުލް ފާމް މާގިރިފަޅަށް ބަދަލުކުރަނީ

ކ.ފުނަދޫގައި ގާއިމްކޮށްފައިވާ ފިއުލް ފާމް ކ.މާގިރި ފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕަބްލ...

21 Jan 2024 | 15:16

ކ.ފުނަދޫގައި ގާއިމްކޮށްފައިވާ ފިއުލް ފާމް ކ.މާގިރި ފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ފުނަދޫގައި ގާއިމްކޮށްފައިވާ ފިއުލް ފާމް ކ.މާގިރިފަޅަށް ބަދަލުކުރުމުގެ ކަންކަން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ކ.ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ހަދައި، ބައިނަލްއަގްވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމްކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިއުލާންކުރައްވާފައެވެ. ސަރުކާރުގެ މި މަސައްކަތަކީ އެއާޕޯޓްވެސް ހިމެނޭ ގޮތަށް މުޅި މާލެ ސަރަހައްދަށް ގެންނަ ބޮޑު ބަދަލެއްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ ބޮޑު މަޝްރޫއު ފަށާތާ ދޮޅު އަހަރުތެރޭގައި ފުނަދޫގެ ތެޔޮ ސްޓޯރޭޖްވެސް އެހެން ތަނަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް