ހުޅުމާލެއާ ދިމާ ޑައިވިންގ ޕޮއިންޓަށް އިއްޔެ ޑައިވިންގ އަށް ގޮސް އުޅުނެނިކޮށް ދޯނީގެ ބުރަފަތން ޖެހި، ކަކުލުން ތިރިން ބުރިވެފައިވާ ބައި ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ފަތުރުވެރިޔާ ޑައިވިންގ އަށް ގޮސް އުޅުނު ސަރަހައްދު ބަލާފައިވާ ކަމަށާއި، އެ މަސައްކަތުގެ އެކްޓިވް ސާޗު މިހާރު ހުއްޓާލާފައިވާކަމަށެވެ.
މީޑިއާތަކަށް ފުލުހުން އިއްޔެ ފޮނުވި މެސެޖެއްގައި ބުނީ މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއާއ ދިމާ ބޭރުގައި އޮންނަ ޑައިވިންގ ޕޮއިންޓަށް ޑައިވިންގ އަށް ގޮސް މައްޗަށް އެރި ވަގުތު ޑައިވިންގ ދޯނީގެ ބުރަފަތީގައި ފަތުރުވެރިޔާގެ އެއް ފައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައި ވަނީ އެމެރިކާގެ 63 އަހަރުގެ އަންހެން ފަތުރުވެރިއަކަށް ކަމާއި އެމީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް