ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފިއެވެ.
ފައިސަލް ވިދާޅުވީ ޖޭޕީ އިން ވަކިވެވަޑައިގަތް ނަމަވެސް އެއްވެސް ސިޔާސީ ޕާޓިއަކާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ވިސްނުމެއްވެސް ނެތް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ޖޭޕީ އިން ވަކިވެވަޑައިގަތްފައިވަނީ 16 އަހަރަށް ފަހުއެވެ. ނިމިދިޔަ ދައުރުގައި ނައިބު ރައީސްކަންވެސް ކުރައްވާފައިވަނީ ޖޭޕީގެ ސްލޮޓްގައެވެ.
ފައިސަލް އަކީ އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ އަދި ހަމައެކަނި ނައިބު ރައީސް އެވެ. ފައިސަލް ވަނީ ފުވައްމުލައް އަދި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް