އެމެރިކާގެ އިންޑޯ-ޕެސިފިން ކޮމާންޑުގެ ކޮމާންޑަރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކުއިލީނޯއާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އިންޑޯ-ޕ...

21 Jan 2024 | 07:32

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކުއިލީނޯއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަސީލަތްތައް ބިނާކުރުމާއި އަދި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭފުޅުން ތަމްރީނުކުރުމަށް އެމެރިކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ކޮމާންޑަރ އެޑްމިރަލް ޖޯން އެކުއިލީނޯގެ ވާހަކަފުޅުގައި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފެންވަރުމަތިކޮށް ވަސީލަތްތައް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށާއި، ރާއްޖޭގެ އިސްތިޤުލާލު ރައްކާތެރިކުރުމުގައި އެއްބާރުލުން ދެއްވުމާއި، އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރު މަޝްވަރާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް