ކޮވިޑު ހާލަތު ގޯސްވާތީ މާދަމަައިން ފެށިގެން އޭޑީކޭގެ ބަލި މީހުންނަށް ޒިޔާރަތް ނުކުރެވޭނެ

ކޮވިޑު ހާލަތު ގޯސްވާތީ އޭޑީކޭ ހޮސްޕިޓަލުން ފިޔަވަޅުތަކެއް އަަޅަން ނިންމައި އެކަންކަން އިއުލާނުކޮށްފިއވެެ. އެގޮތުން އެ ގޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑު ހާލަތު ގޯސްވުމާއި ގުޅިގ...

21 Jan 2022 | 18:08

ކޮވިޑު ހާލަތު ގޯސްވާތީ އޭޑީކޭ ހޮސްޕިޓަލުން ފިޔަވަޅުތަކެއް އަަޅަން ނިންމައި އެކަންކަން އިއުލާނުކޮށްފިއވެެ.

އެގޮތުން އެ ގޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑު ހާލަތު ގޯސްވުމާއި ގުޅިގެން 22 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެވޭ މީހުން ކައިރިޔަށް ޒިޔާރަތްކުރުން ހުއްޓާލާނެ ކަމަށާއި އެނދުމަތިންކޮށްގެން ފަރުވާދޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި މަޑުކުރެވޭނީ އެންމެ ފަރާތަކަށެވެ. އަދި އެމީހަކީ ކޯވިޑް19ގެ އަލާމާތެއް ނެތް މީހަކަށް ވާންވާނެ ކަމަށެވެ.

" އިލްތިމާސަކީ ކޮވިޑުގެ ބަލިމަޑުކަމުން އަރަައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބުން، ކޮންމެހެން ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ވަޑައިނުގަތުމާ، ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައިވެސް އެކަނި ވަޑައިގަތުން، ނުވަތަ އެހީތެރިޔެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންނެވުމަށް ދަންނަވަން، އަދި ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ހާލަތްތަކުގައި ރަނގަޅުގޮތުގައި މާސްކު އަޅުއްވާ، ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒަރ ބޭނުންކުރެއްވުމަށް އިލްތިމާސް ކުރަން" އޭޑީކޭއިން ބުނެފައިވެއެވެ.

އޮމިކްރޯން ވޭރިއަންޓާއެކު ރާއްޖޭގައިވެސް ކޮވިޑުގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު ރާއްޖޭގައި އުޅެނީ 1500 އިން މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް