ދިގުރަށަށް ފޮނުވި ސްޓެވޯ ޖަނަރޭޓަރުން ޚިދުމަތްދޭން ފަށައިފި

އދ. ދިގުރަށައް ސްޓެލްކޯ އިން ފޮނުވި އާ ޖަނަރޭޓަރުން ޚިދުމަތްދޭން ފަށައިފިއެވެ. ސްޓެލްކޯ އިން މިއަދު ބުނީ މި މަހުގެ ނުވަ ވަނަ ދުވަހު ދިގުރަށައް ފޮނުވާފައި ވަނީ ސްޓެލްކޯގެ ސްޓެވޯ އެސް ޓީ ޑަބްލިޔު 600 ގެ...

21 Jan 2022 | 17:26

އދ. ދިގުރަށައް ސްޓެލްކޯ އިން ފޮނުވި އާ ޖަނަރޭޓަރުން ޚިދުމަތްދޭން ފަށައިފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ މި މަހުގެ ނުވަ ވަނަ ދުވަހު ދިގުރަށައް ފޮނުވާފައި ވަނީ ސްޓެލްކޯގެ ސްޓެވޯ އެސް ޓީ ޑަބްލިޔު 600 ގެ ޖަނަރޭޓަރު ސެޓެއް ކަމުގައެވެ.

އަދި އެ ޖަނަރޭޓަރު ކޮމިޝަންކޮށް އިއްޔެ ބޭނުން ކުރަން ފަށާފައިވާ ކަމުގައިި އެ ކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން، އެ ޖަނަރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ފުރަތަމަ ފަހަރަށް ލޯޑް ދެއްވީ އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަބްދުލް ރަހީމް އެވެ.

އަލަށް ފޮނުވި ޖަނަރޭޓަރުން ޚިދުމަތް ދޭން ފެށުމާއި އެކު އެ ރަށުގެ ކަރަންޓު ކެޕޭސިޓީ 918 ކިލޯވޮޓުން 1518 ކިލޯވޮޓަށް ވަނީ އިތުރުވެފައި ކަމުގައި ސްޓެލްކޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް