އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ކުރިއަށްގެންދިޔަ 13 ވަނަ ބޮޑީގާޑުން ތަމްރީނު ކުރުމުގެ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިިފިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ސ.ގަމުގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ.
އޮކްޓޯބަރު 9 ވަނަ ދުވަހު ފެށި "13 ވަނަ ބޮޑީގާޑް ތަމްރީން ކޯސް" ގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައިވަނީ ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ސ.ގަމުގައެވެ.
އެމްއެންޑީއެފްގެ އެކި ދާއިރާތަކުގެ ސިފައިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ 13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގައި ޖުމްލަ 45 ސިފައިން ބައިވެރިވިއެވެ.
އޭގެ ތެރޭގައި، ޕްރެޒިޑެންޝަލް ގާޑްސްއާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި، އެމްޑީޔޫ 3އާއި، މިލިޓަރީ ޕޮލިހާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަދި އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސް އަށް ނިސްބަތްވާ ސިފައިން ހިމެނެއެވެ.
ތިން މަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ވެޕަން ޓްރެއިނިންގ، ބޮޑީގާޑް ޓެކްޓިކްސް، ފިޒިކަލް ޓްރެއިނިންގ، ކޮންޓެކްޓް ޓެކްނިކްސް، ވޯޓަރމެންޝިޕް، އަދި އެމަރޖެންސީ މެޑިކަލް ކެއަރ ހިމެނެއެވެ.
މި ކޯހުގައި ބައިވެރިވި ޖުމްލަ 45 ސިފައިންގެ ތެރެއިން 43 ސިފައިން ވަނީ ކޯހުން ފާސްވެ، ސެޓްފިކެޓް ހާސިލްކޮށްފައެވެ. އަދި މި ކޯހުގެ "އޮނަރ ގްރެޖުއޭޓް އެވޯޑް" ޙާސިލްކޮށްފައިވަނީ ޕްރައިވެޓް ޙަސަން އަޒުވަރުއެވެ. އޭނާ ވަނީ ކޯހުގެ "ބެސްޓް ޝޫޓަރ އެވޯޑް" ވެސް ޙާސިލްކޮށްފައެވެ. ކޯހުގެ "ފިޓަސްޓް އެވޯޑް" ޙާސިލްކޮށްފައިވަނީ ޕްރައިވެޓް މުޙައްމަދު މުނީފެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ރަސްމިއްޔާތުގެ ބައިވެރިންނާ މުޙާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިޡް ވަޙީދާއި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އަޙްމަދު ތޯހިރާއި، އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ޢަބްދުލް މުއިޒް މުސްތަފާ އާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަދްނާން ޢަލީ، އަދި 13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް