ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީވެ، އެސްޓީއޯ އިން ވިއްކަމުން އައި ތެލުގެ އަގަށް ބަދަލުތަކެއް ގެނެސްފިއެވެ. އެސްޓީއޯ އިން ބުނީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑު ނުވާ މިންވަރަށް ދުނިޔޭގެ ...

21 Jan 2022 | 09:28

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީވެ، އެސްޓީއޯ އިން ވިއްކަމުން އައި ތެލުގެ އަގަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެސްޓީއޯ އިން ބުނީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑު ނުވާ މިންވަރަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައި ކަމަށެވެ.

އެގޮތުން އެސްޓީއޯ އަށް ތެޔޮ ގަންނަން ލިބޭ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމުގައި އެކުންފުނިން ހާމަކުރެއެވެ.

އެހެންކަމުން، މިއަދުން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމުން ތެޔޮ ގަންނަން ލިބޭނެ އަގު ބޮޑުވެފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މިގެނައި ބަދަލާއި އެކު، ކުރިން  11.16ރ އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 12.06 އަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އަދި ކުރިން 11.84ރ އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ އަގު ވަނީ 12.44ރ އަށް އުފުލިފައެވެ.

ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 86.71 ޑޮލަރަށް ވަނީ އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް