ދައުލަތުގެ މުއްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޖަމިއްޔާތަކާއި ސަރުކާރު މުވައްޒަފުން ގުޅިގެން "ހޭވައްލާ - ސާފު ކުރަމާ" ނަމުގައި ނުކުމެ މާލެ ސާފުކޮށްފި އެވެ.
މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ މިހަރަކާތުގައި ހާހަކަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ.
މީރާއިން ބުނީ މާލޭގެ އެކި ސަރަހައްދުތަކަށް ގްރޫޕުތައް ބަހާލައިގެން ކުރިޔަށްގެންދިޔަ މި ހަރަކާތުގައި އެންމެ ގިނައިން ނެގިފައިވަނީ އުކާލާފައިވާ އެނާޖީ ޑްރިންކު ހުސްކުރި ދަޅާއި ފުޅީގެ އިތުރުް ޕްލާސްޓިކާއި ސުޕާރީ ޕެކެޓު ކަމަށެވެ. މީރާއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތަކީ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގި ހަރަކާތެކެވެ.
މީރާއިން ހާމަކުރި ގޮތުގައި މިއީ ސާފުކުރުމުގެ ހަރަކާތެއް މިހާ ބޮޑުކޮށް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. އަދި ކުރިޔަށް އޮތްތާ އިތުރު ހަރަކާތައް ކުރިޔަށް ގެންދާނެ ކަމަށް ބުނެ އެވެ.
މީގެ ކުރިން މީރާއިން ވަނީ ހުޅުމާލެ ސާފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް