މިއަދު ހެނދުނު ކަނޑުމަތިން ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދިޔަ ދެ ފަތުރުވެރިންގެ ހަށިގަނޑު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު ދެ ސަރަހައްދަކުން ފެނުނު ދެ ހަށިގަނޑަކީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މީރު އައިލެންޑް ރިސޯޓުން ގެއްލިގެން ހޯދަމުން ދިޔަ ދެ ފަތުރުވެރިން ކަމަށެވެ. އޭގެ ތެރެއިން އަންހެން މީހާގެ އުމުރަކީ 30 އަހަރެވެ. ފިރިހެން މީހާގެ އުމުރަކީ 34 އަހަރެވެ. އެ ދެމީހުންނަކީ ޗައިނާގެ ދެ ފަތުރުވެރިންނެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ހަށިގަނޑު މިހާޜު މާލެ ގެނެސްފައިވާ ކަމަށެވެ.
މިއަދު ހެނދުނު ކަނޑުމަތިން އެއް ހަށިގަނޑު ފެނިފައިވަނީ 7:00 ޖަހާ އެއާއިރު ބަރޮސް އައިލެންޑް ރިސޯޓު ކައިރިންނެވެ. އަނެއް ހަށިގަނޑު ފެނުނީ 8:00 ހާއިރު ތުޅާގިރި އައިލެންޑް ރިސޯޓު ކައިރިންނެވެ. އެ ދެ ރިސޯޓަކީވެސް މީރު އައިލެންޑް ރިސޯޓު ކައިރީގައި އޮންނަ ދެ ރިސޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް