ލޮނަކީ އާއްމުގޮތެއްގައި އެންމެންވެސް ބޭނުންކުރާ އެއްޗެކެވެ. ކާއެއްޗެހި ތައްޔާރު ކުރާއިރު ލޮނު ނާޅާ ކައްކައިފިނަމަ، ކާއެއްޗެހީގެ މީރު ރަހަ ނުނިކުންނަކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.
ލޮނު މިވަރަށް ބޭނުން ކުރާާއިރު، އޭގެން ލިބޭ ފައިދާތަށް އިނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟
ދިރާސާތަކުން ދައްކާގޮތުގައި ލޮނުން ކާއެއްޗެހީގެ ރަހަ ހެޔޮވަރު ކޮށްދިނުމުގެ އިތުރުން އެހެން ވަރަށް ގިނަ ފައިދާތަކެއް ވެސް ކުރެއެވެ.
- ކަރުގައި ރިހުމަށް ޙައްލެއް
ރޯގާޖެހުމުން، ނުވަތަ މާގިނައިން ސުޕާރީފަދަ ތަކެތި ކެއުމުން ކަރުގައި ވަރަށް ބޮޑަށް ރިއްސާނެއެވެ. ލޮނަކީ ކަރުގައި ރިއްސާނަމަ އެކަމަށް އޮތް ވަރަށް ރަނގަޅު ޙައްލެކެވެ.
އެންމެ ފުރަތަމަ އެއްޖޯޑު ހިހޫފެނަށް ބައި ސަމުސާ ލޮނު އަޅާ، އެއްކޮށް ލޮނުތަށް ގިރެންދެން ގިރާލާށެވެ. އެއަށް ފަހު އަނގަޔަށް އޭގެން ފެންފޮދެއް އަޅާ އިރުކޮޅެއްވަންދެން އަރުތެރެ ދޮންނާށެވެ. ގާތްގަނޑަކަށް ތިން ދުވަސް ވަންދެން އިރު އިރު ކޮޅުން މިފަދައިން ކަރު ދޮންނަނަމަ، ވަރަށް ފަސޭހައިން ކަރުގައި ރިހުން ފިލާނެއެވެ.
- ފައިތިލައިގާ ރިއްސުމަށް ޙައްލެއް
މާގިނައިން ހިނގީމަ، ނުވަތަ ގިނަ އިރު ވަންދެން ކޮޅަށް ހުރީމަ ފައިގަ ރިއްސާތަ؟ މިކަމަށް ލުޔެއް ހޯދުމަށް ކޮންމެހެން ސެލޫން އަކަށް ގޮސް ޕެޑިކުޔޯއެއް ނެގުން ލާޒިމެއް ނޫނެވެ. ލޮނު ބޭނުން ކޮށްގެން ގޭގައިވެސް މިކަމަށް ޙައްލެއް އަމިއްލައަށް ހޯދި ދާނެއެވެ.
ބޮޑު ތައްޓަކަށް ނުވަތަ ކުޑަ ޓަބަކަށް ހިހޫފެން އެޅުމަށްފަހު ބައި ޖޯޑު ލޮނު އަޅާ ގިރާލާށެވެ. އެއްކޮށް ލޮނުތަށް ގިރުމުން ފެން އެތީ ތެރެއަށް ދެފައި ލައިގެނ 10 މިނެޓު ނުވަތަ 15 މިނެޓު އިންނާށެވެ. އެއަށްފަހު ފައިތިލަ ހިއްކާލުމަށްފަހު ފަސް ިނެޓު ވަންދެން ފައި މަސާޖު ކޮށްލާށެވެ. ދުވާލަކު އެއްފަހަރު މިގޮތަށް ކަންތައް ކުރުމުން ފައިތިލައިގާ ރިއްސާ ރިއްސުމަށް ޙައްލެއް ލިބޭނެއެވެ.
- ލޯރަތް ވެފައިވާ ނަމަ، އެކަމަށްވެސް ޙައްލެއް
ލޯރަތްވުމަކީ ވެސް އާއްމުކޮށް އެންމެންނަށްހެން ކުރިމަތިވާ ކަމެކެވެ. ޚާއްސަކޮށް ހަމަ ނިދި ނުލިބޭނަމަ ވަރަށް ބޮޑަށް ލޯރަތްވާނެއެވެ. އަދި ބައެއް ފަހަރު މާގިނައިން ބޭރުގައި އުޅޭނަމަ ބެކްޓީރިއާގެ ސަބަބުން ވެސް ލޯރަތްވެއެވެ.
މިހެންވާނަމަ، ފެނަށް ބައި ސަމުސާ ލޮނު އެޅުމަށްފަހު ކައްކާލާށެވެ. ފެންފޮދު ކެކުމުން ނިއްވާލުމަށްފަހު ހިހޫ ކޮށްލަން ބަހައްޓާށެވެ. އަދި އެއަށްފަހު އެފެންފޮދުން ލޯދޮވެލާށެވެ. ދުވާލަކު ދެތިން ފަހަރު ހަފްތާއެއް ވަންދެން މިގޮތަށް ކަންތައް ކުރުމަށް ކަމާބެހޭ މާހިރުން އިރުޝާދު ދެއްވައެވެ.
- ރަނގަޅު ދަތް އުނގުޅާ ބޭހެއް
ލޮނަކީ ދަތާއި ހިރުގަނޑުގެ އެކި ގެއްލުންތަކަށް ހުރި ގުދުރަތީ ފަރުވާއެކެވެ. ރަނގަޅު ދަތް އުނގުޅާ ބޭހެއްގެ ގޮތުގައި ލޮނު ބޭނުން ކުރެވިދާނެއެވެ. ހިރުގަނޑު ހަލާކުވުމާއި ދަތްފަނި ކެއުންފަދަ ކަންކަމުން މިބޭހުގެ ސަބަބުން ފަރުވާ ލިބެއެވެ.
މިބޭސް ތައްޔާރު ކުރާކަށް މާބޮޑު ކަމެއް ކުރާކަށްވެސް ނުޖެހެއެވެ. ދަތް އުނގުޅާ ބުރުސް ތެއްމާލުމަށްފަހު ލޮނުކޮޅެއްގައި ޖެއްސުމަށްފަހު ދަތް އުނގުޅާށެވެ. ބޭނުންނަމަ ލޮނާއި އެކު ބޭކިންގް ސޮޑާވެސް އެއްކުރެވިދާނެއެވެ. ދުވާލަކު އެއްފަހަރު މިބޭހުން ދަތް އުނގުޅުން ބުއްދިވެރިއެވެ.
- ސޫތްޕެއް ދައް އެޅުމުން ޙައްލެއްގެ ގޮތުން
މާބުރެއް ކުޅަނދުރެއް ފަދަ އެއްޗެއް ދަތް އެޅުމުން، ވަރަށް ބޮޑަށް ދިލަ ނަގާ އިންފެކްޓް ވާގޮތް ވާނެއެވެ. މިހެން ވެއްޖެ ނަމަ، އެންމެ ފުރަތަމަ އެތަނެއް އެންޓިސެޕްޓިކް ސައިބޯންޏަކުން ތާފެނާ ފެންފޮދަކުން ދޮވެލާށެއެވެ. އަދި އެއަށްފަހު ލޮނުން ޕޭސްޓެއް (ކުޑަފެންފޮދަކަށް ލޮނުއެޅުމަށްފަހު ހަދާ ޕޭސްޓެއް) ދިލަ ނަގާ ދިމާލުގައި ހާކާލާށެވެ. ގާތްގަނޑަކަށް 30 މިނެޓު ވަންދެން މިޕޭސްޓު ދިލަނަގާ ދިމާލުގައި ހާކާފައި ބެހެއްޓުމަށްފަހު، ދޮވެލާ ހިއްކާލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް