އޮބާމާގެ އެއްމެ ފަހުގެ ހަމަލާގައި އަލްގައިދާއަށް ނިސްބަތްވާ 100 މެމްބަރަކު މަރާލެވުނު: ޕެންޓަގަން

އެމެރިކާގެ ވެރިކަމާ، އަލަށް އިންތިހާބުވެވަޑައިގެންނެވި ޑޮނާލްޑް ޓްރަމްޕް ހަވާލުވެވަޑައިގެންފައިވާއިރު ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ދިން އެއްމެ ފަހުގެ އޯޑަރަށް ސީރިޔާއަށް ދިން ހަމަލާގައި އަ...

21 Jan 2017 | 06:43

އެމެރިކާގެ ވެރިކަމާ، އަލަށް އިންތިހާބުވެވަޑައިގެންނެވި ޑޮނާލްޑް ޓްރަމްޕް ހަވާލުވެވަޑައިގެންފައިވާއިރު ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ދިން އެއްމެ ފަހުގެ އޯޑަރަށް ސީރިޔާއަށް ދިން ހަމަލާގައި އަލްގައިދާ އަށް ނިސްބަތްވާ 100 އަށްވުރެ ގަ މެމްބަރުން މަރާލެވިފައިވާކަމުގައި ޕެންޓަގަނުން ހާމަކޮށްފި އެވެ.

ޕެންޓަގަނުން ބުނެފައިވަނީ 100 އަށްވުރެ ގިނަ މީހުން މަރާލެވިފައިވަނީ ސީރިޔާގެ އިރު އުތުރުގައި އަލްގައިދާއިން ހިންގަމުން އަންނަ ޓްރޭނިން ކޭމްޕަކަށް ދިން ހަމަލާއެއްގައި ކަމަށެވެ.

"ޓްރޭނިން ކޭމްޕަށް ދެވުނު ހަމަލާގެ ސަބަބުން އަލްގައިދާ ކޮންމެވެސް ވަރަކަށް ބަލިކަށިވާނެކަމުގައި ބެލެވޭ، މި ޖެނުއަރީ މަސްތެރޭގައި އެކަނިވެސް އަލްގައިދާއަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިފައިވޭ" އަލްގައިދާ އިން ބުނެފައި ވެ އެވެ.

ވެރިކަމުގެ އެއްމެހާ ބާރުތައް އައު ރައީސާއި މިހާރު ހަވާލުކުރައްވާފައިވާ ރައީސް އޮބާމާ ވެރިކަމަށް ވަޑައިގެންނެވީ މެދުއިރުމަތީގެ ހަމަނުޖެހުންތައް ނިމުމަކަށް ގެންނަވާނޭކަމުގައި ވައުދުވެވަޑައިގަތުމަށްފަހުގަ އެވެ. ނަމަވެސް ހަތަރު އަހަރުގެ ދެ ދައުރު ފުރިހަމަކުރެއްވި އިރު މެދުއިރު މަތީގެ އެއްވެސް ހަމަނުޖެހުމަކަށް ނިމުމެއް ގެނެވިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް