ބޮލީވުޑްގެ ކިންގް ހާންގެ ނަމުން މަޝްހޫރު ޝާރުކް ހާން ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރެއިން ކުރީގެ ދެ ފިލްމު ކަމަށްވާ "ޑަރް" އަދި "ބާޒީގަރް" ކުޅެން އެއްބަސްވެ ސޮއި ކުރި ސަބަބު އޭނާ ހާމަކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޝާރުކް ހާން އެ ދެ ފިލްމު ކުޅެން 1993 ވަނަ އަހަރު ސޮއި ކުރީ ފިލްމީ ދާއިރާއިން ކުރިޔަށް ނުދެވިދާނެ ކަމުގެ ބިރަށެވެ. ޝާރުކް ހާން މީޑިއާގައި ބުނެފައިވަނީ އެ ދެ ފިލްމުގައި އޭނާ ކުޅެފައިވާ ދެ ރޯލަކީ ވަރުގަދަ ސްޓާރުންނަށް ކުޅެވޭކަހަލަ ރޯލެއް ކަމުގައި ވިޔަސް އޭނާއަށް އެ ދެ ފިލްމުން ޑައިރެކްޓަރުން ޖާގަ ދީފައިވަނީ އެ ވިސްނުމުގައި ނޫންކަމަށެވެ.
އޭރު ޑައިރެކްޓަރުން ބުނަނީ ޝާރުކް އަކީ ލީޑް ރޯލް ކުޅޭހާ ރީތި މީހެއް ނޫން ކަމަށާއި އެހެންވެ ރޯލެއް ދިނުމުގެ ގޮތުން ނުބައިބާ މީހެއްގެ ރޯލު ކުޅެން ހުށަހެޅީ ކަމަށެވެ. ޝަރުކް ބުނެފައިވަނީ އެ ދެ ރޯލުވެސް ކުޅެން އެއްބަސްވީ ފިލްމު ކުޅެގެން ކުރިޔަށް ދާން ބޭނުންވާތީ، އެ ދާއިރާއިން ކުރިޔަށް ނުދެވިދާނެ ކަމުގެ ވިރަށެވެ.
ޝާރުކް ބުނީ އޭރުގެ މަޝްހޫރު އިރެކްޓަރަކު އޭނާ އާއި ދިމާއަށް ތިއީ އާދައި ސިފަ ހުތުރު މީހެއް ކަމަށް ބުނެ ޝާރުކް ކޮންމެ ރޯލަކަށްވެސް ބޭނުން ކުރެވިދާނެ ކަމަށް ބުނި ކަމަށެވެ. އޭރު އެއްވެސް އެއްޗަކަށް އެ ބަސް ނަހަދާ ކުރިޔަށް ދާން ނިންމީ އަމީތާބު، ރިޝީ، އާމިރު ނުވަތަ ސަލްމާން ފަދަ މޮޅު އެކްޓަރަކަށް ވާން ބޭނުންވީމ ކަމަށެވެ. އޭރު ވެސް އެމީހުންނަކީ މަޝްހޫރު ތަރިންނެވެ.
އިތުރަށް ޝާރުކް ބުނެފައިވަނީ ވަކި މަސައްކަތެއް ކުރުމަށް ސިފަ ރީތި މީހަކަށް ވާން ނުޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް