މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ އެވެ
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ހަށިގަނޑު ފެނުނީ ދެ ސަރަހައްދަކުން ކަމަށެވެ. އެގޮތުން އެއް ހަށިގަނޑު ހެނދުނު 7:00 އެހާއިރު ބަރޮސް އައިލެންޑް ރިސޯޓު ކައިރިން ފެނުނު އިރު އަނެއް ހަށިގަނޑު 8:00 ހާއިރު ފެނިފައިވަނީ ތުޅާގިރި އައިލެންޑް ރިސޯޓު ކައިރިންނެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މިހާރު ދަނީ އެ ހަށިގަނޑުތައް ކަނޑުމަތިން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
މަރުވެފައިވާ ދެމީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިފައި މިވަނީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ދެ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށެވެ. މީރު ފެންފުށި ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ ފަތުރުވެރިން ގެއްލުނީ މޫދަށް އެރި އުޅެނިކޮށެވެ.
އެކަމަކު ފެނުނު ދެ ހަށިގަނޑަކީ އެ ދެ ފަތުރުވެރިންގެ ހަށިގަނޑުކަމެއް ކަމާ ބެހޭ ފަރާތްތަކުން ޔަގީނެއް ނުކޮށްދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް