ރައީސް ޔާމީން އެމެރިކާގެ އާ ރައީސް ޓްރަމްޕަށް ތަހުނިޔާ ފޮނުއްވައިފި

އެމެރިކާގެ ރައީސް ކަމާ އިއްޔެ ހަވާލުވެވަޑައިގެންނެވި ޑޮލަންޑް ޓްރަމްޕަށް ރައީސް އަބްދުﷲ ޔާމީން ތަހުނިޔާ ފޮނުއްވައިފި އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައިވެސް، ދިވެހި ސަރުކާރާއި އެމ...

21 Jan 2017 | 04:18

އެމެރިކާގެ ރައީސް ކަމާ އިއްޔެ ހަވާލުވެވަޑައިގެންނެވި ޑޮލަންޑް ޓްރަމްޕަށް ރައީސް އަބްދުﷲ ޔާމީން ތަހުނިޔާ ފޮނުއްވައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައިވެސް، ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެގައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުންވެސް ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ ޓްރަމްޕް ހޯއްދެވި ކާމިޔާބީ ދައްކުވައިދެނީ އެމެރިކާގެ ޑިމޮކްރެސީގެ ހަރުދަނާކަން ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައު ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި މިއީ ހަގީގީ ޑިމޮކްރެސީއަކުން ދައްކުވައިދިން މުހިންމު މިސާލެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ޓްރަމްޕަކީ އެމެރިކާގެ 45 ވަނަ ރައީސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް