ކ. ހެލެނގެލި އައިލެންޑް ރިސޯޓުގައި ދިވެއްސަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.
އިއްޔެ ހިނގި މި ހާދިސާގައި މަރުވެފައި އޮއްވަ ފެނުނީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ މަރުވެފައި އޮތީ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ.
އެކަމުގެ ރިޕޯޓު ކުރީ ނުހޭލައިގެން ބެލި އިރު މަރުވެފައި އޮތުމުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ގޮސް ބެލި އިރު ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނާކަށް ނެތެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނިފައިވަނީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެކަމަކު އޭނާ ކުރާ މަސައްކަތާއި ގުޅޭ މައުލޫމާތެއް އަދި ނުލިބެ އެވެ.
ހެލެނގެލި ރިސޯޓު ކޮޓަރިއެއް ތެރެއިން ދިވެއްސަކު މަރުވެފައި އޮއްވައި ފެނުނުއިރު، މި މަހުގެ ކުރީކޮޅު މ. ލައިޓް ސިގްނަލް ގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިބި ދިވެހި ދެމަފިރިއަކު ވަނީ ފެނިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް